ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީ މަޖިލީހަށް
ސަން
2 ޖުލައި 2025 | ބުދަ | 9:52
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި، 120 ޓަނަށްވުރެ ގިނަ މަސް މިހާރު ވެސް ހަލާކުވާތީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފިއެވެ.
މި މައްސަލަ މަޖިލީހުގައި ބަލައިގެންފައި ވަނީ، 40 މެމްބަރުންގެ ވޯޓުންނެވެ.
މި ކުއްލި މައްސަލައިގައި ވަނީ، މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކުރުމާއި ބޮޑު ކަންނެލި މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭގޮތް ހެދުމާއި ބޮޑުކަންނެލީގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.