ދުންފަތުގެ ވިޔަފާރިތަކަށް ލައިސަންސް ނަގަން ދިން މުއްދަތު މި މަހު 17އަށް ހަމަވަނީ

ސަން

2 ޖުލައި 2025 | ބުދަ | 11:59

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން އެކަމަށް ދޫކުރާ ލައިސެންސް ނެގުމަށް ދިން މުއްދަތު މި މަހު 17 އަށް ހަމަވާތީ، ހެލްތު މިނިސްޓްރީން އެކަން ހަނދާންކޮށްދީފިއެވެ.

އެ ވިޔަފާރިތަކުން އެކަމަށް ޚާއްސަ ލައިސަންސެން ނަގަން ލާޒިމުކޮށްފައި ވަނީ، ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާންމު ގަވާއިދުގެ ދަށުންނެވެ. އެގޮތުން، އެ ވިޔަފާރިތަކުން ލައިސަންސް ނެގުމަށް މިދިޔަ އޭޕްރީލް 17 އިން ފެށިގެން ހެލްތު މިނިސްޓްރީން ވަނީ ތިން މަހުގެ މުއްދަތެއް ދީފައެވެ.

އެ މުއްދަތު މި މަހު 17އަށް ހަމަވާތީ، އެކަން ހެލްތު މިނިސްޓްރީން މިއަދު ވަނީ އެ ކަން ހަނދާންކޮށްދީފައެވެ.

މައުޟޫޢުތަށް