އިސްލާމިކް ލައިބްރަރީތަކަށް 60000 ފޮތް ހަދިޔާކޮށްފި
ސަން
2 ޖުލައި 2025 | ބުދަ | 11:47
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ހެދުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމައިފި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ދިއްދޫ އިސްލާމިކް ސެންޓާ ލައިބްރަރީއާއި އުނގޫފާރު އިސްލާމިކް ސެންޓާ ލައިބްރަރީއާއި ތިނަދޫ އިސްލާމިކް ސެންޓާ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓާ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމު ކުރާ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ވަނީ ހަދިޔާ ކޮށްފައި ކަމަށެވެ.
އެއީ 60,000 ފޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.