ޑިމޮކްރެޓްސްއިން 120 މެންބަރުން މަދުވިއިރު، އެމްޑީޕީއަށް އިތުރުވީ 10 މެންބަރުން

ސަން

2 ޖުލައި 2025 | ބުދަ | 11:05

ފާއިތުވި ހަ މަސް ތެރޭ ދަ ޑިމޮކްރެޓްސްއިން 120 މެންބަރުން މަދުވިއިރު، އެ މުއްދަތުގައި އެމްޑީޕީއާ ގުޅިފައިވަނީ 10 މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުން ދައްކައިފިއެވެ.

ދަ ޑިމޮކްރެޓްސްއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެއިރު ވެރިކަމުގައި އޮތް އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން އެ ޕާޓީން ވަކިވި މެންބަރުން އުފެއްދި ޕާޓީއެކެވެ. އެގޮތުން އެމްޑީޕީ ދެ ފެކްޝަނަކަށް ބެހުނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ތާއިދުކުރާ މީހުންނަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވީ ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރާ މެންބަރުންނެވެ. އެ ދެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބުވެ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ނަޝީދު ވަނީ އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް ތާއިދުކުރައްވައިފައެވެ.

މައުޟޫޢުތަށް