ކައުންސިލް އިންތިޚާބުގައި އެމްޑީއޭއިން ގިނަ ދާއިރާތަކަކަށް ވާދަކުރާނެކަން އިއުލާންކޮށްފި
ސަން
3 ޖުލައި 2025 | ބުރާސްފަތި | 12:13
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ގިނަ ދާއިރާތަކަކަށް ވާދަކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އިއުލާން ކުރައްވައިފިއެވެ.
އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީއޭއިން ގިނަ ދާއިރާތަކަކަށް ވާދަކުރާއިރު، ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެެވެ.
އިންތިޚާބަށް ތައްޔާރުވުމަށް ޓަކައި، އެކި ދާއިރާތަކަށް އެ ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަން ވެސް އައްބާސް އިއުލާން ކުރެއްވިއެވެ.