ޕީއެންސީން 303 މެންބަރުން މަދުވިއިރު، ޕީއެންއެފަށް 224 މެންބަރުން އިތުރުވެއްޖެ
ސަން
3 ޖުލައި 2025 | ބުރާސްފަތި | 12:09
ދެހާސް ތޭވީސް ވަނަ އަހަރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މަގާމު ހޯދައިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ފާއިތުވި ހަ މަސް ތެރޭ 303 މެންބަރުން މަދުވެފައިވާއިރު، އެ ޕާޓީގައި މީގެ ކުރިން އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އަށް 224 މެންބަރުން އިތުރުވެއްޖެއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ކޮންމެ ހަ މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކޮށް އާންމުކުރަންޖެހެއެވެ. އެގޮތުން އެންމެ ފަހުން ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ ޑިސެންބަރުގެ މަހުގެ ނިޔަލަށެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު 3،000 އެއްހައި މެންބަރުން ތިބި ޕީއެންސީގައި މިދިޔަ އަހަރުގެ ނިޔަލަށް 68،968 މެންބަރުން ތިއްބެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް އެ އަދަދު ވަނީ 68,665އަށް ދަށްވެފައެވެ.