އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާނަމަ، އެ ޕާޓީގެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުން މަޖުބޫރުވާނެ

ސަން

3 ޖުލައި 2025 | ބުރާސްފަތި | 10:16

އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ މެމްބަރުން، އެ ޕާޓީގެ އެކެޑަމީން ހިންގާ ޚާއްސަ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުން މަޖުބޫރުކޮށްފިއެވެ.

ޕާޓީގެ އެކެޑަމީއެއް އުފައްދައިގެން ޕްރޮގްރާމްތަކެއް ހިންގަން ގަސްދުކުރާ ވާހަކަ އެ ޕާޓީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައިވަނީ، މީގެ ތިން މަސްދުވަސް ކުރިން އުފެއްދި، އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ކޮމިޓީ (އެލްސީއީ ކޮމިޓީ)ގެ ސަބް ކޮމިޓީގެ ރިޕޯޓަށް މެންބަރުންގެ މަޝްވަރާ ހޯދައިފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކަނޑައެޅުމަށެވެ.

މައުޟޫޢުތަށް