އަބަދު އެއްގޮތަކަށް ކަންކަން ކުރުން ބަދަލު ކުރަން ޖެހޭ، ނަތީޖާ ނެރެވޭނީ އޭރަށް: އާދަމް ޝަރީފް
ސަން
4 ޖުލައި 2025 | ހުކުރު | 12:31
އަބަދު އެއްގޮތަކަށް ކަންކުރުމުގެ ބަދަލުގައި ކަންކަންކުރާ ގޮތަށް ބަދަލުތަކެއް ގެނެވިއްޖެ ނަމަ ނަތީޖާ ބަދަލުކުރެވޭނެ ކަމަށް, ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ރޭ ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ވާހަކަ ދައްކަވަމުން, މިސާލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ އަބަދު މުށި މަސް ބާނަށް ދާނަމަ އަބަދު ބޭނޭނީ މުށި މަސް ކަމަށާއި، ނަމަވެސް އެ ބާނާ މުށިމަސް ހިފައިގެން އެހެންދިމާއަކަށް ނުކުމެއްޖެ ނަމަ ތަފާތު އެހެންވައްތަރުތަކުގެ މަސް ބޭނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ ވިދާޅުވި ވާހަކަ ތިލަ ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ތަޢުލީމީ ނަތީޖާއަށް ވެސް ބަދަލުގެނެވޭނީ އަބަދު އެއްގޮތަކަށް ކަންކަންކުރުމުގެ ބަދަލުގައި އާ ގޮތްތަކުގެ ބޭނުންހިފައިގެން އެ ގޮތްތައް ތަޖުރިބާކޮށްގެން ކަމަށެވެ.