އެމެރިކާއާ އެކު ގާއިމުކުރި ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން އަންނަ އަހަރު ފާހަގަކުރަން އުންމީދުކުރަން: ރައީސް

ސަން

4 ޖުލައި 2025 | ހުކުރު | 5:19

ރާއްޖެއާއި އެމެރިކާއާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުވިތާ 60 އަހަރުފުރުން އަންނަ އަހަރު ފާހަގަކުރުމަށް އުންމީދުކުރައްވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވަނީ، މިއަދު ފާހަގަކުރާ އެމެރިކާގެ މިނިވަން ދުވަހާ ގުޅިގެން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެމެރިކާގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

މައުޟޫޢުތަށް