މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ޚިދުމަތް ހޯދަން ފަސޭހަކުރުމަށް، ހޮޓްލައިނެއް ތައާރަފުކޮށްފި
ސަން
5 ޖުލައި 2025 | ހޮނިހިރު | 11:15
ތެލަސީމިއާ ބަލި ހުންނަ ކުދިންނާއި މީހުންނަށް ޚިދުމަތްދޭ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.
އެމްބީއެސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމްބީއެސްއަށް ހޮޓްލައިނެއް ހަމަޖައްސާފައިވަނީ، ޚިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.