2023 ވަނަ އަހަރު ފެނަކައަށް ލިބުނު ގެއްލުން 800 މިލިއަނަށްވުރެ ބޮޑު: އޮޑިޓް

ސަން

5 ޖުލައި 2025 | ހޮނިހިރު | 6:16

ފެނާއި ކަރަންޓާގެ ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި ފެނަކައަށް 2023ގައި އެކަނި ވެސް 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ފެނަކައިގެ 2023 ވަނަ އަހަރުގެ އޮޑިޓް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކޮށްފައިވާއިރު، އެ ރިޕޯޓުން ދައްކާ ގޮތުން އެ އަހަރު އެ ކުންފުންޏަށް 813،447،455 ރުފިޔާގެ ގެއްލުން ލިބުނެއެވެ. އެއާ އަޅައިބަލާއިރު 2022ގައި ފެނަކައަށް ލިބިފައިވަނީ 425 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2023 ނިމުނުއިރު، އެ ކުންފުންޏަށް ލިބުނު ޖުމްލަ ގެއްލުން ވަނީ 1.64 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

މައުޟޫޢުތަށް