މާލޭގެ މަގުތަކުގައި އަޑިގުޑަންތައް ގިނަވެ، އާންމުން ނުރައްކަލަށް ހުށަހެޅިފައި!

ސަން

6 ޖުލައި 2025 | އާދިއްތަ | 12:28

މިދިޔަ އަހަރުތެރޭ އަމަލީ މަސައްކަތް ނިންމައި ހުޅުވި، އަމީނީ މަގުގެ އެކި ސަރަހައްދުތަކާއި މާލޭގެ މަގުތަކުގައި އަޑިގުޑަންތައް ގިނަވެ އާންމުން ނުރައްކަލަށް ހުށަހެޅުމުގެ ބިރު ބޮޑުވެއްޖެއެވެ.

އަމީނީމަގަށް ބަލާއިރު، ފުޑް ކޯޓު ކުރިމަތީން މަގުގެ ތާރުތައް އުފުލިފައިވާއިރު، އިސްކަންދަރު ކޮށި ކައިރީ ތާރުތައް ހަލާކުވެ އުފުލިފައި އެބަހުއްޓެވެ. އޭގެއިތުރަށް ބިލަބޮންގު ސުކޫލު ކުރިމަތީގައި ވެސް ގާ އަތުރައި ހަދާފައިވާ މަގުން ބައެއް ވަނީ އުފުލިފައެވެ.

މިފަހުން ތާރު ހަލާކުވުމުގެ ސަބަބުން އިސްކަންދަރު ކޮށި ކައިރީ މަގުއަލުން ހަދައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

މައުޟޫޢުތަށް