ރައީސްގެ ސްކޮލާޝިޕްގައި ވެސް ގިނަ ދިވެހި ދަރިވަރުން ކިޔަވަނީ އެކަށީގެންނުވާ ޔުނިވާސިޓީތަކުން: އައިޖީއެސް

ސަން

6 ޖުލައި 2025 | އާދިއްތަ | 1:49

ގަދަ 10 ގައި ހިމެނުނު ދިވެހި ދަރިވަރުންނާއި ރައީސްގެ ސްކޯލާޝިޕްގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ވެސް ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަނީ އެ ކުދިންނާ އެކަށީގެން ނުވާ ޔުނިވާސިޓީތަކުން ކަމަށް, އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އައިޖީއެސްއިން ބުނީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ކޭމްބްރިޖް ޔުނިވާސިޓީގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރައީސްގެ ސްކޯލާޝިޕްގައި ކިޔަވަން ފެށި ދަރިވަރުންގެ ނަތީޖާއާއި އެ ކުދިން ކިޔަވާ ޔުނިވާސިޓީތަކާއި ޔުނިވާސިޓީތަކުގެ ރޭންކިންތަކަށާއި މޮޅެތި ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތައް ބަލާފައިވާނެ ކަމަށެވެ.

އައިޖީއެސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރައީސްގެ ސްކޯލާޝިޕް ލިބިގެން 2023 ވަނަ އަހަރު ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ދުނިޔޭގެ ގަދަ 10 ޔުނިވާސިޓީތަކުގެ ތެރެއިން ޔުނިވާސިޓީއެއްގައި ކިޔަވަނީ ޕައިލެޓްކަމުގެ ތަމްރީނު ހަދަމުންދާ ދަރިވަރަކު އެކަންޏެވެ. އަދި ޔުނިވާސިޓީތަކުގެ ރޭންކިންގައި ގަދަ 10 އަކާއި ގަދަ 30 އާ ދެމެދުގެ ޔުނިވާސިޓީތަކުން ހަތަރު ދަރިވަރަކު ކިޔަވަމުންދާ ކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ.

މައުޟޫޢުތަށް