ކުރާ ބޭނުމެއް ނެތް، ދެ އަހަރު ވަނީ، މާލޭ ޖަލުގެ ބޮޑު ބިން ފަޅަށް

ސަން

6 ޖުލައި 2025 | އާދިއްތަ | 3:06

ބޮޑުތަކުރުފާނު މަގުގައި ހުންނަ، މާލެ ޖަލު ބަންދުކުރި ފަހުން، އެއްވެސް ކަމަކަށް ބޭނުންނުކޮށް ފަޅަށް ހުންނަތާ ދެ އަހަރު ވާން ގާތްވެއްޖެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ ހައެއްގައި އެ ޖަލު ބަންދުކުރިކަން އިއުލާނުކޮށް، ކަރެކްޝަންސްއިން ބުނީ، އެ ޖަލުން ޚިދުމަތް ލިބޭނީ އެ މަހުގެ 12ގެ ނިޔަލަށް ކަމަށެވެ.

އެ ޖަލު ބަންދުކުރުމަށް އެ ތަނުގައި ތިބި ގައިދީން ވެސް ވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފައެވެ. މި ޖަލު ބަދަލު ކުރަން ނިންމި އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކޮށްފާނެތީ ކަމަށް ކަރެކްޝަންސް އޭރު ބުންޏެވެ.

މައުޟޫޢުތަށް