މާލޭގެ އިމާރާތްތަކުން ފެން ފައިބާ މައްސަލަ މި އަހަރުތެރޭ ހައްލުކުރަން ކައުންސިލުން ނުކުމެއްޖެ

ސަން

6 ޖުލައި 2025 | އާދިއްތަ | 5:12

މާލޭ ސިޓީގެ އިމާރާތްތަކުން މަގުތަކަށް ފެން ފައިބާ މައްސަލަ މި އަހަރު ތެރޭގައި ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ކައުންސިލުން މިއަދު އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މޭޔަރު އާދަމް އާޒިމް ވަނީ، މާލެ ސިޓީގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މާލޭގެ ބައެއް ޢިމާރާތްތަކުން މަގުތަކަށް ފެންފައިބާ މައްސަލަ ހައްލުކުރުމަށް، ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބުރުޒު މަގުގެ ބައެއް އިމާރާތްތަކުން މަގަށް ފެންފައިބާ މައްސަލަ މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ހިންގުމާ ހަވާލުވެ ހުންނެވި މީކާއީލް މުހައްމަދު ރިޔާޒު ވިދާޅުވީ، ބުރުޒު މަގަށް ފެންފައިބާ 40 އިމާރާތަކަށް އެ ޔުނިޓުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް