ދަރިވަރުންނާއި ޓީޗަރުންނަށް ފުރައްސާރަ ކުރަން، ގޮތް ނޭނގޭ ދަރިވަރުން ހިންގާ ޕޭޖުތައް ފުލުހުން ހުއްޓުވަނީ
ސަން
6 ޖުލައި 2025 | އާދިއްތަ | 5:55
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކި ސްކޫލުތަކުގެ ނަމުގައި ހިންގައި، ދަރިވަރުންނާއި ޓީޗަރުންނަށް ފުރައްސާރަ ކުރުމަށް ބޭނުންކުރާ 'ކޮންފެޝަން' ޕޭޖުތައް ފުލުހުން ހުއްޓުވަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ގަނާ ކުރުމުގެ އަމަލުތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން، މާލޭގެ ސްކޫލްތަކުގައި ނަމުގައި ހިންގި ދެ އިންސްޓަގްރާމް ކޮންފެޝަން ޕޭޖެއް މިދިޔަ ހަފުތާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.