ސްޕެޝަލިސްޓު ޑޮކްޓަރަށް ދައްކަން ކިޔުގައި 580 ގައިދީން، 348 ގައިދީން ކިޔުގައި ތިބޭތާ 5 މަސް

ސަން

6 ޖުލައި 2025 | އާދިއްތަ | 10:14

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި 580 ގައިދީއަކު، ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދައްކަން އެދި މަޑުކޮށްގެން ތިބިއިރު، އޭގެ ތެރެއިން 348 މީހުން ޑޮކްޓަރަށް ނުދެއްކި ތިބޭތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗްއިން ބުނެފިއެވެ.

ގައިދީންގެ ހައްގުތަކަށް މަސައްކަތް ކުރާ ޑިޓެއިނީ ވޮޗްއިން ކަރެކްޝަނަލް ސާވިސްއާ ހަވާލާދީ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މެއި މަހުގެ 29ގެ ނިޔަލަށް، މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން 352 މީހުންނަކީ ބޮޑެތި ބަލިތައް ހުންނަ މީހުންނެވެ.

އޭގެ ތެރެއިން އެންމެ ގިނައީ, ލޭގައި ސަރުބީ ގިނަވުމުން ދިމާވާ ޑިސްލިޕިޑީމިއާ ހުންނަ މީހުންނެވެ. އެ ބަލި ހުންނަ ގައިދީންގެ އަދަދު 100އާ ގާތް ކުރެއެވެ.

މައުޟޫޢުތަށް