ކުރީގެ ލީޑަރުން ތަރައްގީކުރި އެއާޕޯޓުތައް، މި ސަރުކާރުން ވިއްކާލުން ބަލައިނުގަނެވޭ: އިމްރާން

ސަން

6 ޖުލައި 2025 | އާދިއްތަ | 9:44

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ކުންފުނިތަކަށް ވިއްކަން އުޅޭ ކަމަށް ޚަބަރު ފެތުރިފައިވާއިރު، އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވަނީ، ވެލާނާ އެއާޕޯޓުގައި އައު ވީއައިޕީ ޓާމިނަލެއް އަޅައި އެތަން ހިންގުމަށް ދުބާއީގެ ޖެޓެކްސް ކުންފުނިން ހުށަހަޅައިފައިވާ ކަމަށާއި، ސަރުކާރުން އެ ހުށަހެޅުމާމެދު ވިސްނަމުންދާ ކަމަށެވެ.

މިހާރު 88 ޕަސެންޓް މަސައްކަތް ނިމިފައިވާ ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނު ވިދާޅުވީ އެ އެއާޕޯޓު ވިއްކާލަނީ އިންޑިއާގެ އަދާނީ ގުރޫޕަށް ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރައްވާފައިވާ ކަމަށެވެ.

މައުޟޫޢުތަށް