ވީއައިއޭގެ ތަންތަން ބޭރު ކުންފުންޏަކަށް ދޫކުރާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

ސަން

7 ޖުލައި 2025 | ހޯމަ | 10:45

ދިވެހިރާއްޖޭގެ މައި އެއާޕޯޓު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަންތަން ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ..

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކުއްލި މައްސަލައެއް ފުރިހަމަވާ އެއް ސިފައަކީ އެއީ ހަގީގަތެއްގެ މައްޗަށް ހުށަހެޅޭ ކަމަކަށް ވުން ކަމަށެވެ. ނަމަވެސް ޒިޔާދު ހުށަހެޅުއްވި މައްސަލައިގައި އެ ސިފަ ފުރިހަމަނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖެއަކީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެފައިވާ ދިވެހީންނަށް ފަހި "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރުމުގެ ރިޔާސީ ވައުދާ އެކު، ދިވެހީންނަށް ކުރެވޭ ހުރިހާ މަސައްކަތެއް ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެކަމާއި ދިވެހިރާއްޖޭގެ އަގުބޮޑު މުދަލާއި ވަސީލަތްތައް ބޭރުގެ ފަރާތްތަކަށް ދިނުމަކީ ގައުމަށް ހިޔާނާތްތެރިވުން ކަމަށް ވިދާޅުވެ ކަމަށެވެ.

މައުޟޫޢުތަށް