ފަނޑިޔާރުން ވިޔަފާރިކުރުން މަނާކުރާ އިސްލާހު ބަލައިގަނެ ކޮމިޓީއަށް

ސަން

7 ޖުލައި 2025 | ހޯމަ | 12:54

ފަނޑިޔާރުކަމުގައި ހުރެ ވިޔަފާރީގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ހެދުމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ހުށަހެޅުއްވި މި ބިލު ބަލައިގަތީ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެހެންކަމުން ރިޔާސަތުން ވަނީ ބިލު އިތުރަށް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައިފައެވެ.

މައުޟޫޢުތަށް