އަންނަ އާދިއްތައިން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް އެތެރެކުރެވޭނީ ހުއްދަ ނަގައިގެން
ސަން
7 ޖުލައި 2025 | ހޯމަ | 4:07
އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތައް ޓްރާންސްޕޯޓު މިނިސްޓްރީގެ ހުއްދައެއް ނަގައިގެން ނޫނީ ރާއްޖެ އެތެރެނުކުރެވޭ ގޮތަށް ބަދަލުކޮށްފިއެވެ.
އެގޮތަށް ބަދަލު ގެނެސްފައި ވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ރަޖިސްޓްރީކުރުމުގެ ގަވައިދަށް މިނިސްޓްރީން ގެނައި ހަވަނަ އިސްލާހުގެ ދަށުންނެވެ.
ދެ ފުރޮޅުލީ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި، އެ ޚިދުމަތަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓާއި ރިސެޕްޝަނުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.