ސައުދީއާއި ރާއްޖެއަކީ ގާތް ދެ ގައުމު، ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީން: ޚަލީލް

ސަން

7 ޖުލައި 2025 | ހޯމަ | 6:36

ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، އެ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީންކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސައުދީން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޔަހްޔާ ހަސަން އަލްގަތާނީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ގައުމުން ރާއްޖޭގެ ސަފީރު ކަމަށް ޔަހްޔާ އައްޔަނުކޮށް، ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވީ އިއްޔެއެވެ. އޭނާ މިއަދުވަނީ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

މައުޟޫޢުތަށް