ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އަނެއްކާވެސް ބުރޫއަރައި، އާންމު ހާލަތަށް އެޅުނީ ގަޑިއިރެއް ފަހުން

ސަން

8 ޖުލައި 2025 | އަންގާރަ | 11:47

ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިއަދު ވެސް ބައެއް ޚިދުމަތްތަކަށް ބުރޫ އެރުމަށް ފަހު، ގަޑިއިރެއް ފަހުން އާންމު ހާލަތަށް ރުޖޫއަކޮށްފިއެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ޚިދުމަތްތަކަށް ލަސްވުމެއް އައި ކަމަށެވެ.

އެކަމުގެ ސަބަބުން އެއް ގަޑިއިރިއަށް ބައެއް ޚިދުމަތްތައް ލަސްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސާވާ މެދުވެރިކޮށް މެމޯ ހެދުނަސް ޚިދުމަތް ހޯދާ ކިޔޫ ޑިޖިޓަލްކޮށް ނުބެލެހެއްޓުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މައުޟޫޢުތަށް