ފޮނަދޫގައި ބަންކަރިންގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ

ސަން

8 ޖުލައި 2025 | އަންގާރަ | 3:10

ލ. ފޮނަދޫގައި ބަނދަރާއެކު، ބަންކަރިންގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، އެ މަޝްރޫއު ކުރިއަށް ގެންދަން ޝައުގުވެރިވާ ގާބިލު ކުންފުނިތަކާ އެއްކޮށް މަޝްވަރާ ކުރާނެ ކަމަށެވެ.

އެ ކުންފުނިތަކުން ހުށަހަޅާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، އެސެސްމަންޓެއް ހަދާނެ ކަމަށާއި މަޝްރޫއު ކުރިއަށް ގެންދާނެ އެންމެ ރަނގަޅު ގޮތް ރޭވުމަށް ފަހު ރަސްމީކޮށް މަޝްރޫއު އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މައުޟޫޢުތަށް