މިލަންދޫ ފުލުހުންގެ އެކައުންޓަށް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ
ސަން
8 ޖުލައި 2025 | އަންގާރަ | 9:40
ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ތަހުގީގުކުރަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި މައްސަލަ ފެންމަތިވުމާ އެކު އެ ފުލުހުން މާލެ ގެނެސް މައްސަލަ ތަހުގީގުކުރަން ފަށާފައި ވާކަމަށެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން މި މައްސަލައިގައި ފުލުހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދާއި މި މައްސަލައިގައި މާލެ ގެނައީ ކިތައް ފުލުހުންކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.