މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެމްބީއެސް ބަދަލުކުރުމުން ތެލެސީމިއާ ބޭހުގެ މައްސަލަ ހައްލުވާނެ: ސީއީއޯ
ސަން
8 ޖުލައި 2025 | އަންގާރަ | 11:20
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަދި ތެލެސީމިއާ ސެންޓަރު ބަދަލުކުުރުމުން، ތެލެސީމިއާ ކުދިންނަށް ބޭސް ނުލިބުމުގެ މައްސަލަ އެކީ ހައްލުވާނެ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ ކުދިންގެ ބޭސް އެމްބީއެސްއިން ކުރިން ފޯރުކޮށްދޭއިރު، މި ބޭސް ހުސްވާ މައްސަލަ ނުވަތަ ބޭނުންވާ މިންވަރަށް ނުލިބޭ މައްސަލައާއި ފަރުވާ ދިނުމަށް ބޭނުންކުރާ އާލާތްތައް ނުހުންނަ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ.
://./204006