ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓޭތީ ހުށަހެޅި މައްސަލަ މަޖިލީހުން ނުބެލި
ސަން
9 ޖުލައި 2025 | ބުދަ | 9:46
ހުޅުމާލޭ ހޮސްޕިޓަލުގެ ހިދުމަތްތައް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ހުށަހެޅުއްވި ކުއްލި އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 37 މެންބަރުން ވޯޓުދެއްވިއެވެ.
އެއާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.