ފަޒީލް ވަކިކުރީ ބަރީއަވާން ވަގުތު ދިނުމަށްފަހު، މުސާރަ ދިނީ ލާޒިމްކުރާތީ: މަތީން
ސަން
9 ޖުލައި 2025 | ބުދަ | 10:52
ސަސްޕެންޑްކުރުމަށް ފަހު މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކުރީ އޭނާއަށް ކުރެވުނު ތުހުމަތުތަކުން ބަރީއަވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ފަހު ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
'ބިންވެރިޔާ' ސްކީމްގެ ދަށުން ނުހައްގުން މާލޭން ގޯތި ދިން މައްސަލައިގައި މަގާމުގެ އެންމެހާ މަސްއޫލިއްޔަތުތަކުން ފަޒީލް ސަސްޕެންޑްކުރީ ޑިސެމްބަރު 19، 2024 ގައެވެ. މުސާރަ ލިބޭގޮތަށް ހަ މަސް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު އެމްޑަބްލިއުއެސްސީން އޭނާ ވަކިކުރީ އިއްޔެއެވެ.
ފަޒީލް ވަކިކުރިކަން ހާމަކޮށް 'އެކްސް'ގައި އެމްޑަބްލިއުއެސްސީން އިއްޔެ ލިޔެފައިވާ ގޮތުގައި ފަޒީލް ވަކިކުރަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުންނެވެ.