ޑރ. މަހާތީރުގެ 100ވަނަ އުފަންދުވަހަށް މައުމޫނު ދެއްވި ހަދިޔާއަކީ މުންނާރުގެ މޮޑެލްއެއް

ސަން

9 ޖުލައި 2025 | ބުދަ | 6:18

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ 100ވަނަ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވައިފިއެވެ.

މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރެއްގައި މެލޭޝިއާގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ޕާރްޑޭނާ ލީޑާޝިޕް ފޯރަމުގައި ޑރ. މަހާތީރާ ބައްދަލުކުރައްވައިފައެވެ.

ދެ ބޭފުޅުންގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ބޭއްވި މި ބައްދަލުވުމުގައި މައުމޫން ވަނީ ޑރ. މަހާތީރުގެ 100ވަނަ އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ހަދިޔާއެއްގެ ގޮތުން ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއެއް ދެއްވިއެވެ.

މައުޟޫޢުތަށް