ދިވެހި ނޭނގޭތީ ކޯޓުގައި ތަރުޖަމާނެއްގެ އެހީ ހޯދި ދިވެއްސެއް، މާރާމާރީ ހިންގުމުގެ ތުހުމަތުގައި ބަންދަށް
ސަން
9 ޖުލައި 2025 | ބުދަ | 7:37
ދިވެހި ބަސް ނޭނގޭކަމަށް ބުނެ، މިދިޔަ ޖެނުއަރީ މަހު ކޯޓުގައި ތަރުޖަމާނެއްގެ އެހީ ހޯދި ދިވެއްސަކު ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި އިއްޔެ ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރަން އަމުރުކުރީ ނ. ލަންދޫ، ކާމިނީގެ އަފްލާހް އަސްލަމް ނަމަކަށް ކިޔާ 20 އަހަރުގެ ޒުވާނެކެވެ.
ކޯޓު އަމުރުގައިވަނީ، އޭނާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މިންވަރަކަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.