ބައެއް ސަހަރާތައް ސާފުކޮށް ހުސްބިމަށް ހެދި ފަހުން އެއީ ހުއްދަ ނޫން ކަމެއް ކަމަށް ފަތުވާ ނެރެފި
ސަން
10 ޖުލައި 2025 | ބުރާސްފަތި | 10:44
މާލޭގެ ބައެއް ބޮޑެތި ސަހަރާތަކުގައި ވަޅުލާފައިވާ މީހުންގެ ކަށިތައް ނަގައި, ބިންތައް ސާފުކޮށް, ޕާކާއި ކުޅިވަރުކުޅޭ ތަންތަން ހަދަން ފެށި ފަހުން އެއީ ހުއްދަ ނޫން ކަމެއް ކަމަށް ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
މާފަންނު ސަހަރާ މި ފަހުން ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނެއްގެ އިތުރުން، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި، ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް ގިނަ ބަދަލުތަކެއް އެބަ ގެނެއެވެ.
://../206328