އޯޓިޒަމް ސެންޓަރުގައި ޑިޖިޓަލް ކްލާސްރޫމެއް ހުޅުވައިފި
ސަން
10 ޖުލައި 2025 | ބުރާސްފަތި | 1:28
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ އޯޓިޒަމް ސެންޓަރުގެ ދަރިވަރުންނަށް ޚާއްސަކޮށް އެ ސެންޓަރުގައި "ޖިނާ ޑިޖިޓަލް ރޫމް"ގެ ނަމުގައި ޑިޖިޓަލް ކްލާސްރޫމެއް މިއަދު ހުޅުވައިފިއެވެ.
ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި މި ކްލާސްރޫމު ހުޅުއްވައިދެއްވީ، ރާއްޖެއަށް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފައިސަލް ރަސުލް ރޯދީ އާއި އޯޓިޒަމް އެސޯސިއޭޝަނުގެ ފައުންޑާ އަދި ޗެއާޕާސަން އިލްހާމް ހުސައިންއެވެ.
އޯޓިޒަމް ސެންޓަރުގައި ބޭއްވި މި ހަފުލާގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި ސަފީރުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތެވެ.