ދެ މިލިއަން ޚަރަދުކޮށް މުޅި ފުރާޅު އާ ކުރި ފަހުން، އިސްލާމީ މަރުކަޒު ސީލިންގުން ފެން ފައިބަނީ
ސަން
10 ޖުލައި 2025 | ބުރާސްފަތި | 7:00
ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން މިދިޔަ އަހަރު އިސްލާމީ މަރުކަޒުގެ ފުރާޅުގައި އާ ޓިނު ޖެހިފަހުން، މިއަދު ކުރި ވިއްސާރައިގައި އަނެއްކާ ވެސް ސީލިންގުން ފެން ފައިބަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، އިސްލާމީ މަރުކަޒުގެ މިސްކިތުގެ މަތީބައިގެ، ހަރަމްގެ ބޭރުން، ފެން ފައިބާތީ ބަންދުކޮށް، ޓައްޕުތަކެއް ބަހައްޓައިފައި ހުންނަ ތަނެވެ.
މިކަމާ ގުޅިގެން ސުވާލުކުރުކުމުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ދިމާވި ސަބަބު ދެނެގަނެ، ހައްލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރައްވާނެ ކަމަށެވެ.