ރޯވީ އެންސިސް ގުދަނުގެ ހަތަރުވަނަ ފްލޯގައި، ބޮޑުބައި ކޮންޓްރޯލްވެއްޖެ

ސަން

10 ޖުލައި 2025 | ބުރާސްފަތި | 9:41

އަލިފާން ރޯވީ ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގެ ހަތަރުވަނަ ފްލޯގައި ކަމަށާއި، އަލިފާންގަނޑުގެ 65 ޕަސެންޓު މިހާރު ނިއްވާލެވިއްޖެ ކަމަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ. އެއާއެކު އެމްއެންޑީއެފްގެ ހުޅުމާލޭ ފަޔަ އެންޑް ރެސްކިއު ސާވިސްއިންވަނީ ވަގުތުން އެޓެންޑުވެފައެވެ.

ހާދިސާ ހިނގި ސަރަހައްދުން "ސަން"އާ ވާހަކަ ދައްކަވަމުން، ފަޔަ އެންޑް ރެސްކިއުގެ އޮފިސަރަކު ވިދާޅުވީ ބައިގަޑިއެއްހާއިރު ތެރޭ އަލިފާންގަނޑު އެއްކޮށް ނިއްވައިލެވޭނެ ކަމަށެވެ.

މައުޟޫޢުތަށް