އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލު ކުރަނީ
ސަން
10 ޖުލައި 2025 | ބުރާސްފަތި | 10:06
މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)ގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލު ކުރަން، އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ ދިމަދިމާލުގައި މިއަދި ހުރީ ބާލިދީތައް ބަހައްޓައިފައެވެ. މި މައްސަލަ ސަމާލު ކަމަށް އައުމާއެކު ސޯޝަލް މީޑިއާގައި މީހުންވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ.
މި މައްސަލައިގައި ޝަހީމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ.