ޑިންގީއެއްގައި ގައްދޫއިން ފުރި 75 އަހަރުގެ ގެއްލިގެން ހޯދަނިކޮށް ދުވާފަރުން ފެނިއްޖެ
ސަން
10 ޖުލައި 2025 | ބުރާސްފަތި | 10:50
ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ދަތުރު ފެށި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނިކޮށް ރ. ދުވާފަރުން ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ މީހާ ގައްދޫއިން ފުރީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:05ގައި ކަމަށެވެ.
ހެނދުނު 11:15ހާއިރު، އެ މީހާ ގަމުން ފުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު، ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުންޏެވެ.