ޑިންގީއެއްގައި ގައްދޫއިން ފުރި 79 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

ސަން

10 ޖުލައި 2025 | ބުރާސްފަތި | 11:09

ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ދަތުރުކުރި 79 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ މީހާ ގައްދޫއިން ފުރީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:05ގައި ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން، ހެނދުނު 11:15ހާއިރު، އެ މީހާ ގަމުން ފުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް