އާބާދީ ދޮށީވާތީ ދަރިމައިވުމުގެ ސިއްހީ ޚިދުމަތް އިތުރުކުރާނަން: ރައީސް
ސަން
11 ޖުލައި 2025 | ހުކުރު | 12:08
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަމުންދާއިރު ރާއްޖޭގައި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދަރިމައިވުމުގެ ސިއްހީ ޚިދުމަތް ލިބުން އިތުރުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރާއިރު އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެންމެންގެ ދުޅަހެޔޮކަން ކުރިއެރުވުމުގެ މުހިންމުކަމާމެދު ވިސްނާލުން މުހިންމު ކަމަށެވެ.
އެގޮތުން، 2062 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ބެލެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ޒުވާން ޖީލު ތައްޔާރަށް ތިބި މުސްތަގުބަލެއް ގާއިމުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.