ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ ޑރ. އިބްރާހީމް މުސްތަފާ އަވަހާރަވެއްޖެ
ސަން
11 ޖުލައި 2025 | ހުކުރު | 12:38
ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގައި މަސައްކަތްކުރައްވައި ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ, ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ ރޭ އަވަހާރަވެއްޖެއެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި, އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް ރޭ އަވަހާރަވީ, އިންޑިއާގެ ކޮޗިންގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހުގައެވެ.
އެއީ ކޮން ބައްޔަކަށް ކަމެއް އާއިލާއިން ހާމައެއް ނުކުރެއެވެ.