ޑުރަގު އައްޑާއަކަށްވެ، އަލިފާނުގެ ހާދިސާތަކެއް ހިނގައިފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ
ސަން
12 ޖުލައި 2025 | ހޮނިހިރު | 12:28
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަައްޑާއަކަށްވެ، އަލިފާނުގެ ހާދިސާތަކެއް ވެސް ހިނގާފައިވާ މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާއާއި ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަމުން ތަޅާލަން ނިންމައިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.