އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް މިދިޔަ މަހު އެންސްޕާއިން 4.97 މިލިއަން ޚަރަދުކުރި
ސަން
12 ޖުލައި 2025 | ހޮނިހިރު | 10:26
ބޭސް ފަރުވާ އަދި އެނޫން ވެސް މުހިންމު ކަންކަމުގައި ދައުލަތުން މާލީ އެހީ ފޯރުކޮށްދޭ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން, ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މިދިޔަ މަހު 4.97 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
މި އެހީ ފޯރުކޮށްދެނީ އެ އެޖެންސީގެ "ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން"ގެ ޕްރޮގްރާމްގައި ހިމެނިފައިވާ ބެލެނިވެރިންނާއި ކުދިންނަށެވެ.
އެ އެޖެންސީގެ ތަފާސްހިސަބުތައް ދައްކާ ގޮތުގައި، މި ޕްރޮގްރާމުގައި 2905 ބެލެނިވެރިން ރެޖިސްޓާވެފައި ވެއެވެ. އަދި އަލަށް މިދިޔަ މަހު 38 ބެލެނިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައި ވެއެވެ.