ހައްޖަށް ދާން ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ކޯޕަރޭޝަނުން: ފަތުވާ މަޖިލިސް
ސަން
13 ޖުލައި 2025 | އާދިއްތަ | 10:35
އާންމުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން މުދަލު ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް މިއަދު ފަތުވާ ނެރެފިއެވެ.
ހައްޖަށް ދިއުމަށްޓަކައި ދިގު ކިޔޫއަކަށް މިހާރު އަރަން ޖެހޭއިރު އެ ކިޔޫގައި ޖެހެވެނީ ވަކި ވަރަކަށް ފައިސާ ދައްކައިގެންނެވެ. އުސޫލު އޮންނަ ގޮތުން ރާއްޖޭން ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާގެ ތެރެއިން މީހުން ގެންދާނީ ފައިސާ ދައްކާ ތަރުތީބުންނެވެ.
އެހެންކަމުން ހައްޖަށް ދިއުމަށްޓަކައި އަހަރުތަކެއް ކުރިން ގިނަ ބަޔަކު ގިނަ އަދަދެއްގެ ފައިސާ ހައްޖު ކޯޕަރޭޝަނަށް ދައްކައެވެ. އެ އަދަދަކީ މުދަލު ޒަކާތުގެ ނިޞާބު ހަމަވާ އަދަދަކަށް ވާތީ އެ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެތޯ ބައެއް އާއްމުން ސުވާލު އުފައްދައެވެ.