ރިޕޯޓު އާންމުކުރިތާ މަހެއްހާ ދުވަސް ފަހުން، ޔުމްނުގެ މައްސަލަ ބެލި ކޮމިޝަން އުވާލައްވައިފި
ސަން
13 ޖުލައި 2025 | އާދިއްތަ | 8:16
މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފިއެވެ.
ރައީށް އޮފީހުން ބުނީ، އެ ހާދިސާ ތަހުގީގުކުރަން އުފެއްދެވި ކޮމިޓީ ރައީސް ވަނީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން ނެރުއްވި ގަރާރަކުން އުވާލައްވައިފައެވެ.
ރައީސް އެ ކޮމިޝަން އުފެއްދެވީ، އެޕްރީލު މަހުގެ 27ގައެވެ.