ފަނޑިޔާރުން ވަކިކުރުމުގައި މަޖިލީހުގެ ދައުރު ހަނިކުރަންޖެހޭ: އަމީން ފައިސަލް

ސަން

13 ޖުލައި 2025 | އާދިއްތަ | 11:48

ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހަށް އޮންނަ ދައުރު ހަނިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގައި މަޖިލީހުގެ ދައުރު ބޮޑުނަމަ، ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރަމުންދާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ބެންޗާ އިރުއިރުކޮޅުން ކޮންމެ ވެރިކަމެއް ބަދަލުވާއިރު، އެ ބެންޗުގައި ތިއްބަވާ ބޭފުޅުން ވަކިނިކުރެވޭނެ ގޮތެއް ބަދަލު ނުކުރެވޭނެ ގޮތެއް އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް