މަގޫދޫ އެއާޕޯޓުގެ ފަޔާބިލްޑިންގެ ބިއްލޫރިތައް ތަޅައި، ރޯކޮށްލަން އުޅެފި

ސަން

14 ޖުލައި 2025 | ހޯމަ | 12:02

ފ. މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓަށް ގެއްލުން ދީ، އެ ތަނުގައި އަލިފާން ރޯކޮށްލުމަށް މަސައްކަތްކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މަގޫދޫ އެއާޕޯޓުގައި އިމާރާތްކޮށްފައިވާ އެއާޕޯޓު ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ރޭގެ ވަގުތެއްގައި ތަޅާލި މައްސަލައެއް މިއަދު ހެނދުނު 7:47 ހާއިރު އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން އެ ތަނުގައި އަލިފާން ރޯކޮށްލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް