ބްރޯޑްކޮމްއަށް އެސްޖީ ނެގުން ހުއްޓުވަން، ކުރީގެ އެސްޖީ އެދުނު އަމުރު ހައިކޯޓުން ވެސް ނުދިން
ސަން
14 ޖުލައި 2025 | ހޯމަ | 11:53
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެރެނަލްގެ މަގާމުން ވަކިކުރި މަރްޔަމް ޒީނިޔާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައިވާ މައްސަލަ ބަލައި ނިމެންދެން، އެ މަގާމަށް އެހެން މީހަކު އައްޔަންކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވެސް މިއަދު ނިންމައިފިއެވެ.
މިދިޔަ މޭ މަހުގެ 25ގައި ޒީނިޔާ އެސްޖީގެ މަގާމުން ވަކިކުރީ ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރާ ކަމަށް ބުނެއެވެ.
އޭގެ ކުރިން މޭ މަހުގެ 20ގައި ތިން ދުވަހަށް އޭނާ ސަސްޕެންޑު ވެސް ކުރިއެެވެ. އެކަމާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ކޮމިޝަންގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު, ގެއަށް ގޮސްފައިވެއެވެ.