ފީނަން އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ފެނުނީ މަރުވެފައި އޮއްވައި

ސަން

14 ޖުލައި 2025 | ހޯމަ | 9:22

އދ. މާމިގިލީ ކައިރިއަށް މިއަދު ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ފިރިހެން ކުއްޖާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާމިގިލީ ކައިރިއަށް މިއަދު މެންދުރު ހަތަރު ކުދިން ފީނަން ދިޔަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ 19:00ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި ރަށު ރައްޔިތުން ކުރިއެވެ.

މައުޟޫޢުތަށް