ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ތާރީޚެއް ނެތް، އަދިވެސް ފައިސާ ހޯދަނީ
ސަން
14 ޖުލައި 2025 | ހޯމަ | 11:53
މާލޭގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ޓެކްނިކަލް ކަންކަން ނިމިއްޖެ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި "އަހާ ފޯރަމް"ގައި، ކެންސަރު ހޮސްޕިޓަލުގެ މަސައްކަތާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އެކަމަށް "ކަރުދާހުގެ ލެވެލްގައި" ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެ ކަމަށެވެ. އެއީ ހޮސްޕިޓަލުގެ ކޮންސެޕްޓާއި ފީސިބިލިޓީ ފަދަ ޓެކްނިކަލް ކަންކަމެވެ.
ނާޒިމް ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ބަރޯސާވާންޖެހެނީ އިންޓަނޭޝަނަލް ފައިނެންޝަން ޑޯނަރުންނާއި ބޭރު ގައުމަތަކާއެކު އޮންނަ ގުޅުންތަކުގެ މައްޗަށް ކަމަށެވެ. އެ ގޮތުން ކެންސަރު ހޮސްޕިޓަލު އެޅުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.