ފީނަނިކޮށް މަރުވި ލޫތު: މޫދަށް ގަދަ، އަޑިއަށް ފީނަން ދަންނަ ކުއްޖެއް
ސަން
14 ޖުލައި 2025 | ހޯމަ | 11:30
މާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވި ޚަބަރާއެކު ކޮންމެ ދިވެއްސެއްގެ ހިތަށް ވެސް އަސަރުކުރިއެވެ. އެ ކުއްޖާގެ މަރުން ލިބުނު ސިހުމުން އަރައި ނުގަނެވެނީސް މިރޭ އިވުނީ އދ. މާމިގިލިން ހަމަ ފުރާވަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭ ޚަބަރެވެ. އެ ކުއްޖާ ރައްކާތެރިކަމާއެކު ފެންނާނެ ކަމަށް ދުއާކުރަން ތިއްބައި ލިބުނީ އިތުރު ހިތްދަތި ކަމެކެވެ.
މާމިގިލި ކައިރިން ފީނަން އުޅެނިކޮށް މިއަދު ގެއްލި، މަރުވެފައި ވަނީ އެންމެ 15 އަހަރުގެ، އެ ރަށު ރޯޅި، ލޫތު އަހުމަދެވެ.
ގުރޭޑު 10ގައި ތައުލީމު ހާސިލުކުރަމުން އައި ލޫތާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެ ރަށުގެ މީހުން ފުރަތަމަ ވެސް ފާހަގަކުރަނީ އެއީ މޫދަށް ގަދަ ކުއްޖެއް ކަމެވެ. އެކުވެރިންނާއެކު ބޯވަ ނެގުމަށާއި މަސް ހިފުމަށް އާންމު ގޮތެއްގައި ގޮސް އުޅޭ ކުއްޖެއް ކަމެވެ.