ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާގެ ޖަނާޒާ މިއަދު އިންޑިއާގައި
ސަން
15 ޖުލައި 2025 | އަންގާރަ | 12:47
ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގައި މަސައްކަތްކުރައްވައި ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ, ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާގެ ޖަނާޒާ މިއަދު އިންޑިއާގައި ބާއްވަން އާއިލާއިން ނިންމައިފިއެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި, އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަވަހާރަވީ, އިންޑިއާގެ ކޮޗިންގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހުގައެވެ.
އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޑރ. އިބްރާހީމްގެ ޖަނާޒާގެ ކަންކަން ހުކުރު ދުވަހު އަސަރުގެ ނަމާދަށް ފަހު ކޮޗިންގައި ކުރިއަށް ގެންދިއުމަށެވެ.